Maldives Meteorological Service
Thu, 24 May

މޫސުމާބެހޭ ޚަބަރު

ނަމްބަރ: 93-PWS/FC/2018/18

މޫސުމާބެހޭ ޚަބަރު  

މިދުވަސްވަރު ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، އެކި ހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ބެލެވޭތީ އާއްމުކޮށް ހުރިހާ ފަރާތްކުން، ވަކިން ހާއްސަކޮށް ކަނޑުދަތުރުފަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުމަށް އިލްތިމާސްކުރަމެވެ.

މީގެ އިތުރުން އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރުގަދަވެ، 22 މެއިވީ އަންގާރަދުވަހުވަނީ ތޫފާނަކަށް ބަދަލުވެފައެވެ. މިތޫފާނަށް ދެވިފައިވާ  ނަމަކީ،  މިސަރަޙައްދުގައި އުފެދޭ ތުފާނުތަކަށް ނަންދިނުމުގެ މިންގަނޑަށް ރާއްޖޭއިން ހުށައަޅާފައިވާ ނަންތަކުގެ ތެރެއިން، 'މެކުނު'އެވެ. ތޫފާނު 'މެކުނު' މިހާރުހުރީ ރާއްޖޭގެ ހުޅަނގު އުތުރުން ގާތްގަނޑަަކަށް 2050 ކިލޯމީޓަރު ދުރުގައެވެ. މިތޫފާނު ދަތުރުކުރަމުންދަނީ މެދުއިރުމައްޗާދިމާލަށް، ރާއްޖެއާ ދުރަށެވެ. ކުރިއަށް އޮތް 06 ގަޑިއިރު ތެރޭގައި ތޫފާނު 'މެކުނު' އިތުރަށް ބާރުގަދަވެ 26 މެއި ވާ ހޮނިިހިރު ދުވަހު ހެނދުނު، އޮމާން އާއި ޔަމަން ގުޅޭ ސަރަޙައްދުގެ އައްސޭރި ހުރަސްކުރާނެކަމަށް ލަފާކުރެވެއެވެ. މިތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ކުރާނެކަމަކަށް ލަފައެއްނުކުރެވެއެވެ.

ނަމަވެސް މިތޫފާނާ ގުޅިގެން މިސަަރަޙައްދުގައި ބާނި ބޮޑުވެ، ކުރިއަށްއޮތް ތިން ދުވަހު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި، އާއްމުކޮށް އުދަ އަރާ ރަށްރަށަށް އުދައިގެ އަސަރުކުރުމުގެ ފުރުޟަތު އޮތުމުން މިކަމަށް ސަމާލުވެލެއްވުމަށް ދަންނަވަމެވެ. އެންމެފަހުގެ މޫސުމީ މައުލޫމާތާއި އިންޒާރުުތައް އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދިޔަވަރު ބޮޑުވާނެ ގަޑިތައް http://www.meteorology.gov.mv/dhivehiweather  އިން ލިބިލައްވާނެެއެވެ.