Maldives Meteorological Service
Mon, 11 May

މި ހަފްތާގެ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރަމުންދާނެ

ރާއްޖޭގެ އިރުއުތުރުގައި އުފެދިފައިވާ ކޮޅިގަނޑުގެ ސަބަބުން އަތޮޅުތަކަށް ގިނައަދަދަކަށް ބޯވިއްސާރަވިލާ އަރަމުންދެއެވެ. މިގެއިތުރުން ރާއްޖޭގެ ދެކުނުގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފްގެ ސަބަބުން އެ ސަރަހައްދުގައި ގިނަޢަދަދަކަށް ވިއްސާރަވިލާ ދަނީ އުފެދެމުންނެވެ. އަދި މިދުވަސްވަރަކީ އާންމުގޮތެއްގައި ރާއްޖެއަށް ހުޅަނގުމޫސުމުގެ ވިއްސާރަކުރަން ފަށާދުވަސްވަރުވެސް މެއެވެ.

އެހެންކަމުން، މި ހަފްތާގެ ދުވަސްތަކުގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރަމުންދާނެ ކަމަށް ލަފާކުރެވެއެވެ. މިވިއްސާރައިގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ އިތުރުން، ޚާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގައި އާންމުވައި ގަދަވެ، ކަނޑުތައް އާންމުގޮތެއްގައި ގަދަވުމުގެ ފުރުސަތު ބޮޑެވެ. ވިމާ އާންމުކޮށް ހުރިހާ ފާރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް ދަންނަވަމެވެ. 

18 ރަމަޟާން 1441

11 މެއި 20 20