މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ކޮލިޓީ މެނޭޖެމެންޓް ސިސްޓަމް ގާއިމްކޮށް އައިއެސްއޯ 9001:2008 ގެ ސެޓްފިކެޓް ލިބުން

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްގައި ކޮލިޓީ މެނޭޖްމެންޓް ސިސްޓަމް ގާއިމްކޮށް ISO9001:2008 ގެ ސެޓްފިކެޓް ލިބުން
ބައިނަލް އަޤްވާމީ ފެންވަރުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ދުނިޔޭގެ ވައިގެ ދަތުރުފަތުރުތަކާއި ބެހޭ ޖަމްއިއްޔާގެ (ICAO ) އެނެކްސް 3 އާއި އެއްގޮތްވާގޮތަށް އަދާކުރުމަށް، ކޮލިޓީ މެނޭޖްމެންޓް ސިސްޓަމްއެއް ޤާއިމްކޮށް ISO9001:2008 ގެ ސެޓްފިކެޓް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސަސް އަށް ލިބިއްޖެއެވެ. ދިވެހި ސަރުކާރުގެ ވަރަށްބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ކުރެވުނު މަސައްކަތްތަކާއި އެކު މި ސެޓްފިކެޓް ލިބިފައިވަނީ 5 ޑިސެމްބަރ 2016 ވަނަދުވަހުއެވެ. މި ސެޓްފިކެޓް ލިބުމާއި ގުޅިގެން މިއަދު، 12 ޑިސެމްބަރ 2016 ގައިވަނީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވިފައެވެ. މި ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވާފައިވަނީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް އަލްފާޟިލް ތޯރިޤް އިބްރާހިމް އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްގެ ކޮލިޓީ މެނޭޖްމެންޓް ސިސްޓަމްގެ އަމާޒުތައް:
- މި އިދާރާގެ ވައިގެ ދަތުރުފަތުރުގެ އިންޑަސްޓްރީއަށް ފޯރުކޮށްދޭ ޚިދުމަތްތައް އަބަދުވެސް ތަރައްޤީކުރުމާއި މަތީ ފެންވަރުގެ ޚިދުމަތް ފޯރުކޮށްދިނުން، މިގޮތުން ޚިދުމަތް ހޯދާ ފަރާތްތަކުން މި މުއައްސަސާއަށް ދޭ ރޭޓިންގް %75 ނުވަތަ އެއަށްވުރެ މަތިން ހޯދުން
- ޚިދުމަތް ހޯދާ ފަރާތްތަކުން ބޭނުންވާ މައުލޫމާތު ވީ އެންމެ އަވަހަކަށް ނުވަތަ އެއްބަސްވެވިފައިވާ ވަގުތަށް ފޯރުކޮށްދިނުން
- މި އިދާރާއިން ދޭ ޚިދުމަތުގެ ފެންވަރުބަލާ އަބަދުވެސް މޮނިޓަރކުރަމުން ގެންދިއުން
- މުވައްޒަފުން އުފަލާއިއެކު ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުން
- ކޮލިޓީ މެނޭޖްމެންޓް ސިސްޓަމް އޭގެ އެންމެ އެކަށީގެންވާ ގޮތަށް ދެމެހެއްޓުމުގެ ގޮތުން އަހަރަކު 2 ފަހަރު މި އިދާރާގެ އެތެރޭގެ މަސައްކަތްތައް އޮޑިޓްކޮށް އިސްލާހުކުރަންޖެހޭ ކަންކަން ވަގުތުން ރަނގަޅުކުރުން، އަދި އެފަދަ ކަމެއް ތަކުރާރުނުވާނެގޮތްތައް ރޭވުން