މޫސުމާއި ބެހޭ ޚަބަރު
ޑިސެމްބަރ 4 ވަނަދުވަހު ރާއްޖެ ހިމެނޭ ސަރަޙައްދަށް ތޫފާނެއް އަންނާނެކަމުގެ އިންޒާރު ދީފައިވާ ކަމަށް ބައެއް އޮންލައިން ނޫސްތަކުން ހާމަކުރުމާއި ގުޅިގެން ދަންނަވަމެވެ.
ދިވެހިރާއްޖެ އޮތް ސަރަޙައްދުގައި ޑިސެމްބަރ މަހު ތޫފާނެއް އުފެދިދާނެ ކަމުގެ އިންޒާރު މިސަރަޙައްދުގެ ކަމާބެހޭ އެއްވެސް އިދާރާ އަކުން ދީފައެއް ނުވެއެވެ. ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން 24 ގަޑިއިރު މޫސުމާއި ބެހޭ މަޢުލޫމާތު ރައްޔިތުންނަށް ހިއްސާކުރަމުން ގެންދަމުއެެެވެ. އަދި ރާއްޖޭގެ ސަރަޙައްދުގައި ތޫފާނެއް އުފެދުމުގެ ފުރުސަތު އޮތްނަމަ ފުރަތަމަ މި އިދާރާއިން ދުރާލާ އެމަޢުލޫމާތު ރައްޔިތުންނާއި ހިއްސާކުރަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައަކީ މިސަރަޙައްދުގައި އުފެދިފައިވާ ލޯޕްރެޝަރ ޓްރަފެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ.
މީޑިއާ ތަކުން މޫސުމާއި ބެހޭ
މަޢުލޫމާތު ހާމަކުރަށްވާއިރު މިއިދާރާއާއި މަޝްވަރާ ކުރައްްވައިގެން ސައްހަ މަޢުލޫމާތާއި
ޚަބަރު ފެތުރުއްވުމަކީ ރައްޠިތުންނަށް އޭގެ އެންމެފައިދާ ބޮޑުވާނެގޮތްކަމުގައި މިއޮފީހުން ދެކެމެވެ.