މޫސުމާބެހޭ ޚަބަރު
ނަމްބަރ: 93-PWS/FC/2018/14
މޫސުމާބެހޭ ޚަބަރު
އައްޑު އަތޮޅުގެ އިރު ދެކުނުން ގާތްގަޑަކަށް 1000 ކިލޯމީޓަރ ދުރުގައި އުފެދިގައިވާ ކޮޅިގަނޑުގެ ސަބަބުން، ވޭތުވެދިޔަ ދެދުވަހު ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް ވިއްސާރަކޮށްފައިވެއެވެ. އަދި ހާއްސަކޮށް ދެކުނުގެ އަތޮޅުތަކަށް ބޯކޮށްވާރޭވެހިފައިވެއެވެ. އެގޮތުން 24 ގަޑިއިރުގެ ރެކޯޑަށް ބަލާއިރު، އެޕްރީލް 20 ވަނަދުވަހު ސ.ގަމަށް 111 މިލިލީޓަރު އަދި ގދ. ކާޑެއްދޫއަށް 56 މިލިލީޓަރުގެ ވާރޭވެހިފައިވެއެވެ. އަދި ހަމަ އެދުވަހު މެންދުރުފަހު، ސ. ގަމަށް ގަޑިއަކު 47 މޭލަށް އަދި ގދ. ކާޑެއްދޫއަށް ގަޑިއަކު 39 މޭލަށް ވައިގަދަވެފައިވާކަމަށް ރެކޯޑްކުރެވިފައިވެއެވެ. އަދި މިކޮޅިގަނޑާއި ގުޅިގެން މިސަރަޙައްދުގައި ބާނިބޮޑުވެ ރާއްޖޭގެ ބޮޑުބަޔަކަށްވަނީ އުދައިގެ އަސަރުކޮށްފައެވެ.
ލަފާކުރެވޭ ގޮތުގައި މިކޮޅިގަނޑު ދާނީ ރާއްޖެއާ ދުރަށް، އިރު ދެކުނަށް ޖެހެމުންނެވެ. މިކޮޅުގަނޑާއި ގުޅިގެން ރާއްޖޭ ސަރަޙައްދުގައި ބާނިތައް ބޮޑުވެފައިވާތީ، ކުރިއަށް އޮތް 24 ގަޑިއިރުވެސް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ އެކި ހިސާބަށް އުދަ އަރާނެކަމަށް ބެލެވެއެވެ. ވީމާ، ޢާއްމުކޮށް ހުރިހާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް ދަންނަމަވެމެވެެ.
ރާއްޖޭގެ ތިން ސަރަޙައްދަށް ދިޔަވަރު ބޮޑުވާނެކަމަށް ލަފާކުރެވޭ ގަޑި |
|||
|
އުތުރުގެ އަތޮޅުތަކަށް |
މެދުތެރެގެ އަތޮޅުތަކަށް |
ދެކުުނުގެ އަތޮޅުތަކަށް |
22 އެޕްރިލް 2018 |
16:58 |
17:39 |
18:42 |
23 އެޕްރިލް 2018 |
03:42 |
04:50 |
06:10 |
18:13 |
19:10 |
20:38 |
22 އެޕްރީލް 2018