ޢާންމު ހޭލުންތެރިކަން

ސަމާލު ވުމަށްޓަކައި މެސެޖް ފޮނުވޭނެ އަރައްކާތައް

ފެންސުމީ އަރައްކާ

ދަރުނީ އަދި ސުނާމީ އަރައްކާ

ހުދު ސަމާލު

އެލާޓް ލެވެލް 1

އަރައްކާ

ބޯކޮށް ވާރޭވެހުން އަދި ފެންބޮޑުވުން

1 ގަޑިއިރު ތެރޭ 05 މިލިމީޓަރު ނުވަތަ 6 ގަޑިއިރުތެރޭ 05 މިލިމީޓަރު

ގުގުރުން

ފާހަގަކުރެވޭ ވަރަށް ގުގުރުން އަދި މިފަދަ ގޮތަކަށް ގުގުރާނެ ކަމަށް ލަފާކުރެވުން

ވައި އަދި ކަނޑު

ފާއިތުވި 3 ގަޑިއިރު 19-12 މޭލަށް ނުވަތަ ފާއިތުވި 1 ގަޑއިރު 11-17 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުން

ވިލާގަނޑުގައި ވައިގަދަވުން

ގަޑިއަކު 50 މޭލު

އުދަ

އުދަ އެރިކަމަށް ރިޕޯޓުލިބުން ނުވަތަ އަރާނެކަމަށް ލަފާކުރެވުން (އަސަރުކުރާނެވަރު ކުޑަކަމަށް ބެލެވުން)

ތޫފާން

އުތުރު އިންޑިއާ ކަނޑުގައި އުފެދޭ ތޫފާނުތަކުގެ ކަންކަން ބަލާ ރީޖަނަލް ސްޕެޝެލައިޒްޑް މީޓިއޮރޮލޮޖިކަލް ސެންޓަރއިން ލަފާކުރާ ގޮތުން ތޫފާނުގެ މެދު، 5° ދެކުނު - 10° އުތުރު، 66° އިރު - 81° އިރު ގޮޅީގެ އެތެރެއަށް ވަނުން

ބިންހެލުން

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 400 ކިލޯމީޓަރު ހިމެނޭ ސަރަހައްދަށް ރެކްޓަރ މިންގަނޑުން 6 އަށް ވުރެ ބާރުގަދަ ބިންހެލުމެއް ނުވަތަ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 4000 ކިލޯމީޓަރު ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދަށް ރެކްޓަރ މިންގަނޑުން 7 އަށް ވުރެ ބާރުގަދަ ބިންހެލުމެއް އައުން

ސުނާމީ

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 4000 ކިލޯމީޓަރު ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދަށް ރެކްޓަރ މިންގަނޑުން 8 އަށް ވުރެ ބާރުގަދަ ބިންހެލުމެއް އައުން ނުވަތަ ރާއްޖެއަށް ކުޑަ ގެއްލުން ލިބިދާނެ ފަދަ ސުނާމީ އެއް އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުފެދުނުކަން ޔަގީންވުން

ރީނދޫ ސަމާލު

އެލާޓް ލެވެލް 2

އަރައްކާ

ބޯކޮށް ވާރޭވެހުން އަދި ފެންބޮޑުވުން

އެއް ގަޑިއިރު ތެރޭ 70 މިލިމީޓަރު ނުވަތަ 6 ގަޑިއިރުތެރޭ 100 މިލިމީޓަރު

ގުގުރުން

ބާރަށް ގުގުރުން އަދި މިފަދަ ގޮތަކަށް ގުގުރާނެ ކަމަށް ލަފާކުރެވުން

ވައި އަދި ކަނޑު

ފާއިތުވި 3 ގަޑިއިރު 25 - 30 މޭލަށް ނުވަތަ ފާއިތުވި 1 ގަޑއިރު 28 - 35 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުން

ވިލާގަނޑުގައި ވައިގަދަވުން

ގަޑިއަކު 55 މޭލު

އުދަ

އުދަ އެރިކަމަށް ރިޕޯޓުލިބުން ނުވަތަ އަރާނެކަމަށް ލަފާކުރެވުން (މަދުވެގެން 5 ރަށަށް އަސަރުކުރުން)

ތޫފާން

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ތޫފާން ރާއްޖެމަތިން ހުރަށް ކުރާނެކަމަށް ލަފާކުރެވުން

ބިންހެލުން

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 400 ކިލޯމީޓަރު ހިމެނޭ ސަރަހައްދަށް ރެކްޓަރ މިންގަނޑުން 7 އަށް ވުރެ ބާރުގަދަ ބިންހެލުމެއް ނުވަތަ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 4000 ކިލޯމީޓަރު ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދަށް ރެކްޓަރ މިންގަނޑުން 8 އަށް ވުރެ ބާރުގަދަ ބިންހެލުމެއް އައުން

ސުނާމީ

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 4000 ކިލޯމީޓަރު ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދަށް ރެކްޓަރ މިންގަނޑުން 9 އަށް ވުރެ ބާރުގަދަ ބިންހެލުމެއް އައުން ނުވަތަ ރާއްޖެއަށް ގެއްލުން ލިބިދާނެ ފަދަ ސުނާމީ އެއް އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުފެދުނުކަން ޔަގީންވުން

އޮރެންޖު އިންޒާރު

އެލާޓް ލެވެލް 3

އަރައްކާ

ބޯކޮށް ވާރޭވެހުން އަދި ފެންބޮޑުވުން

1 ގަޑިއިރު ތެރޭ 90 މިލިމީޓަރު ނުވަތަ 6 ގަޑިއިރު ތެރޭ 120 މިލިމީޓަރު

ގުގުރުން

އާދަޔާ ހިލާފަށް ބާރަށް ގުގުރުން އަދި މިފަދަ ގޮތަކަށް ގުގުރާނެ ކަމަށް ލަފާކުރެވުން

ވައި އަދި ކަނޑު

ފާއިތުވި 3 ގަޑިއިރު 34-40 މޭލަށް ނުވަތަ ފާއިތުވި 1 ގަޑިއިރު 36-42 މޭލަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުން

ވިލާގަނޑުގައި ވައިގަދަވުން

ގަޑިއަކު 63 މޭލު

އުދަ

އުދަ އެރިކަމަށް ރިޕޯޓުލިބުން ނުވަތަ އަރާނެކަމަށް ލަފާކުރެވުން (މަދުވެގެން 10 ރަށަށް އަސަރުކުރުން)

ތޫފާން

ކުރިއަށް އޮތް 12 ގަޑިއިރު ތެރޭ ތޫފާން ރާއްޖެމަތިން ހުރަސް ކުރާނެކަމަށް ލަފާކުރުން

ބިންހެލުން

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 400 ކިލޯމީޓަރު ހިމެނޭ ސަރަހައްދަށް ރެކްޓަރ މިންގަނޑުން 8 އަށް ވުރެ ބާރުގަދަ ބިންހެލުމެއް ނުވަތަ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 4000 ކިލޯމީޓަރު ހިމެނޭ އިންޑިއާ ކަނޑުގެ ސަރަހައްދަށް ރެކްޓަރ މިންގަނޑުން 9 އަށް ވުރެ ބާރުގަދަ ބިންހެލުމެއް އައުން

ސުނާމީ

ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބިދާނެ ފަދަ ސުނާމީ އެއް އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުފެދުގައި އުފެނުކަން ޔަގީންވުން

ރަތް އިންޒާރު

އެލާޓް ލެވެލް 4

އަރައްކާ

ބޯކޮށް ވާރޭވެހުން އަދި ފެންބޮޑުވުން

6 ގަޑިއިރުތެރޭ 180 މިލިމީޓަރު

ގުގުރުން

-

ވައި އަދި ކަނޑު

ފާއިތުވި 3 ގަޑިއިރު 40 މޭލަށް ވުރެއް ބާރަށް ނުވަތަ ފާއިތުވި 1 ގަޑއިރު 42 މޭލަށް ވުރެއް ބާރަށް ވައިޖެހުން ނުވަތަ އެ މިންވަރަށް ވައި ޖެހޭނެ ކަމަށް ލަފާކުރެވުން

ވިލާގަނޑުގައި ވައިގަދަވުން

ގަޑިއަކު 70 މޭލު

އުދަ

ބޮޑެތި ގެއްލުންތަކާއި އެކު ބޮޑު ސަރަހައްދަކަށް އުދަ އެރިކަމަށް ރިޕޯޓުލިބުން ނުވަތަ އަރާނެކަމަށް

ތޫފާން

ކުރިއަށް އޮތް 6 ގަޑިއިރު ތެރޭ ތޫފާން ރާއްޖެމަތިން ހުރަށް ކުރާނެކަމަށް ލަފާކުރެވުން

ބިންހެލުން

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން 400 ކިލޯމީޓަރު ހިމެނޭ ސަރަހައްދަށް ރެކްޓަރ މިންގަނޑުން 9 އަށް ވުރެ ބާރުގަދަ ބިންހެލުމެއް އައުން

ސުނާމީ

ރާއްޖެއަށް އާދަޔާ ހިލާފު ބޮޑު ގެއްލުމެއް ލިބިދާނެ ފަދަ ސުނާމީ އެއް އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުފެދުގައި އުފެނުކަން ޔަގީންވުން

އާންމު ސުވާލުތައް

ރާއްޖެއަށް ޠަބީޢީގޮތުން ކުރިމަތިވާ ބައެއް އަރައްކާ

ބޯކޮށް ވާރޭވެހުނެ

ރާއްޖެއަށް ޢާއްމުކޮށް ދިގު ދެމިގެންދާގޮތަށް ބޯކޮށް ވާރޭވެހެނީ ހުޅަނގުމޫސުމުގެ ދުވަސްތަކުގައެވެ. އިރުވައިމޫސުމުގެ ދުވަސްތަކުގައިވެސް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މަދުން ނަމަވެސް ބޯކޮށް ވާރޭވެހެއެވެ.

ފެންބޮޑުވުން

ރާއްޖޭގެ ބައެއްރައްތަކަކީ އެ ރައްތައް އުފެދިފައިވާގޮތުން ފަސޭހައިން ފެން ބޮޑުވާ ރައްރަށެވެ. މި ރައްތަކުގައި ފެންބޮޑުވާން މެދުވެރިވާ މައިގަނޑު ދެ ސަބަބެއް ވެއެވެ. އެއީ ބޯކޮށް ވާރޭވެހިގެންނާ އި އުދަ އެރުމުގެ ސަބަބުންނެވެ. ކުޑަވަގުތުކޮޅެއެްގައި ބޯކޮށް ވާރޭވެހުމުން ފެންބޮޑުވުމުގެ ފުރުސަތު ބޮޑުވެގެން ދެއެވެ. ފެން ބޮޑުވުމުގެ ސަބަބުން ދަނޑުބިންތަކާއި ގޭގައި ހިފާ ގެންގުޅޭ ސާމާނަށް އެކިވަރުގެ ގެއްލުން ލިބެއެވެ.

ވައިގަދަވުން

ހުޅަނަގު މޫސުމާއި އިރުވައި މޫސުމުގައިވެސް ރާއްޖެއަށް ގަދަވަޔާއެކު ވިއްސާރަ ކުރެއެވެ. އެހެންނަމަވެސް ގަދަވަޔާއެކު ދިގުދެމިގެންދާގޮތަށް ވިއްސާރަކުރަނީ ހަމައެކަނި ހުޅަނގު މޫސުމުގައެވެ. އިރުވައި މޫސުމުގެ ހަޅައާއި ގުޅިގެން ގިނަދުވަސްތަކެއްވަންދެން  އާންމުކޮށް ބާރަށް ވައި ޖެހެމުން ދެއެވެ. މިގޮތަށް ވައިގަދަވުމުން ރުއްގަސް ވެއްޓި، ގޭގޭގެ ފުރާޅުތައް އެއްލައިލާ، ފުރާޅު މައްޗަށް ރުއްގަސް ވެއްޓުން ފަދަ ހިތާމަވެރި ހާދިސާތަކާ ކުރިމަތިލާން ޖެހެއެވެ. އަދި ދަނޑުބިންތަކުގައި އުހަށް ހެދިފައި ހުންނަ ފަޅޯ އަދި ފަތްކެޔޮ ކަހަލަ ގަސްތައް ވެއްޓި ދަނޑުބިންތައް ހަލާކު ވެއެވެ. ގަދަވަޔާއެކު ވިއްސާރަކުރުމުން ކަނޑުދަތުރުކުރުމަށް ހުރަސްއެޅި، މަސްވެރިންނާއި، ފެރީ ދަތުރުތަކަށް ބުރޫ އަރައެވެ.

ވިދުވަރާއެކު ގުގުރުން

ޖިއޮގްރަފީގެ ގޮތުން ރާއްޖެ އުފެދިފައިވާ ސަރަަޙައްދުގެ ގޮތުން އަހަރުތެރޭ ގިނަދުވަސްތަކެއްގައި ވިދާ ގުގުރައެވެ. އެހެންނަމަވެސް މޫސުމާއިބެހޭ ތަފާސް ހިސާބު ދައްކާ ގޮތުން އެޕްރީލް މަސްތެރޭގައި ގުގުރުން އެހެން މަސްތަކަށްވުރެ އިތުރެވެ. ވިދާ ގުގުރުމާއެކު ހޮނުއެޅުމުގެ ސަބަބުން ކަރަންޓް ސާމާނަށް އިއާދަ ނުކުރެވޭފަދަ ބޮޑެތި ގެއްލުން ލިބެއެވެ. އަދި ރުއްގަހަށް ހޮނު އެޅުމުގެ ސަބަބުން އެފަދަ ގަސްތަކަށް ވެސް ބޮޑެތި ގެއްލުންތައް ދިމާވެއެވެ.

އުދައެރުން

ރާއްޖެއަށް އުދައަރަން މެދުވެރިވަނީ މައިގަނޑު ގޮތެއްގައި ޓައިޑަލް ވޭވް، ސުވެލް ވޭވް އަދި ވިންޑް ވޭވް ގެ ސަބަބުންނެވެ. މަދު ފަހަރެއްގައި ސްޓޯރމް ސަރޖް ( ތޫފާނުން އުފައްދާ ބިޔަ ރާޅު) ގެ ސަބަބުންވެސް އުދައަރައެވެ. ރާއްޖޭގެ ރަށްތަކަށް ތިރިވެފައި، ހޭޅިފަށް ތުނިވެ، ގަސްތައް މަދުވުމާއި ގުޅިގެން އުދައިގެ ލޮނުގަނޑު ރަށުގެ މީހުން ދިރިއުޅޭ ހިސާބަށް ފަސޭހައި ފެތުރިގެންދާ ޙާލަތަތައް އާދެއެވެ. މިފަދަ ޙާލަތްތަކުގައި އާންމު ދިރިއުޅުމަށާއި އެއްގަމު ދަތުރުފަތުރަށް ބުރޫ އަރައި ދަނޑުބިންތައް ހަލާކުވާން މެދުވެރި ވެއެވެ.

ތޫފާނުގެ

މިސަރަޙައްދުގައި އުފެދޭ ތޫފާނުތައް ރާއްޖޭގެ ސަރަޙައްދު ހުރަސްކުރަނީ މަދު ފަހަރެއްގައެވެ. އެހެންނަމަވެސް ބަންގާޅު ކަނޑާއިި އަރަބި ކަނޑު އަދި ދެކުނު އިންޑިޔާކަނޑުގައި އުފެދޭ ތޫފާން ތަކުގެ އަސަރު ރާއްޖެއަށް ކުރެއެވެ. ޚާއްސަކޮށް އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް މީގެ އަސަރު ބޮޑަށް ކުރެއެވެ. ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، އާންމު ދިރިއުޅުމަށް ބުރޫ އަރާ ޙާލަތްތައް އާދެއެވެ. އަދި  ވައިގަދަވުމާއި ކަނޑުތައް ގަދަވުމުގެ ސަބަބުން ކަނޑުދަތުރު ކުރުމަށް ހުރަސްއެޅިގެންވެސް ދެއެވެ. މީގެ އިތުރުން ތޫފާނުން އުފައްދާ ބޮޑެތި ރާޅުތަކުގެ ސަބަބުން އުދައެރުމުގެ ހާދިސާތައްވެސް ކުރިމަތިވެއެވެ.