2026 އޭޕްރީލް މަހު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެނީ އާންމުކޮށް އެ މަހު ވާރޭވެހޭ މިންވަރަށްވުރެ މަދުންނެވެ. ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް ވާރޭވެހޭނެ ކަމަށް ބެލެވެނީ އާންމުކޮށް އެ މަހު ވާރޭވެހޭ މިންވަރަަށް ވުރެ ގިނައިންނެވެ. ފިނިހޫނުމިނަށް ބަލާއިރު، އޭޕްރީލް މަހު މުޅި ރާއްޖޭގައިވެސް ފިނިހޫނުމިން އެންމެ މައްޗަށް ދާނެމިންވަރާއި އެންމެ ދަށަަށް ދާނެ މިންވަރުވެސް، އާންމު މިންވަރަށްވުރެ ކުޑަތަންކޮޅެއް މަތިވާނެ ކަމަށް ލަފާކުރެވެއެވެ.