2026 މޭ މަހު ރާއްޖޭގެ މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް އަދި އުތުރުގެ އަތޮޅުތަކަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވެނީ އާންމުކޮށް އެ މަހު ވާރޭވެހޭ މިންވަރަށްވުރެ ގިނައިންނެވެ. ނަމަވެސް، އެހެން ހިސާބުތަކަށް ވާރޭވެހޭނެ ކަމަށް ބެލެވެނީ އާންމުކޮށް އެ މަހު ވާރޭވެހޭ މިންވަރަަށެވެ. ފިނިހޫނުމިނަށް ބަލާއިރު، މޭ މަހު މުޅި ރާއްޖޭގައިވެސް ފިނިހޫނުމިން އެންމެ މައްޗަށް .ދާނެމިންވަރާއި އެންމެ ދަށަަށް ދާނެ މިންވަރުވެސް، އާންމު މިންވަރަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވެއެވެ