2022 ޖޫން، ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު މަހަށް ލަފާކުރާ މޫސުން

ހޮނިހިރު, 30 އޭޕުރީލް 2022

2022 ޖޫން، ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު ގައި ވާރޭ ވެހޭ މިންވަރު ދެކުނާއި މެދުރާއްޖެތެރޭ ބައެއް ރަށްތަކަށް މިދުވަސްވަރު އާންމުކޮށް ވެހޭ ވަރަށްވުރެ އިތުރު ވީނަމަވެސް އުތުރު އަތޮޅުތަކަށާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް މިދުވަސްވަރު އާންމުކޮށް ވެހޭ ވަރަށްވުރެ މަދުވާނެކަށް ބެލެވޭ.

މިދުވަސްވަރު ރާއްޖެސަރަހައްދުގައި ފިނިހޫނުމިންއެންމެ މައްޗަށްދާވަރު ކުޑަތަންކޮޅެއް ދަށް ވާނެކަމަށް ބެލެވޭ.

ފިހިހޫނުމިން އެންމެ ދަށްވެގެންދާވަރު އެންމެ އުތުރު އަތޮޅުތަކުގައި ކުޑަތަންކޮޅެއް ދަށްވެފައި އެހެން ހިސާބުތަކުގައި އާންމު މިންގަނޑުގައި ހުންނާނެ ކަމަށް ބެލެވޭ.

(ތަފްސީލު ރިޕޯޓް)