2022 އޮކްޓޫބަރަށް ލަފާކުރާ މޫސުން

ބުދަ, 5 އޮކްޓޯބަރު 2022

2022 އޮކްޓޫބަރުގައި ވާރޭ ވެހޭ މިންވަރު، އުތުރު އަތޮޅުތަކާއި މެދުރާއްޖެތެރޭގެ ބައެއް ރަށް ތަކަށް މިދުވަސްވަރަށް އާންމުކޮށް ވެހޭ ވަރަށް އަދި އެހެން ހިސާބުތަކަށް މިދުވަސްވަރަށް އާންމުކޮށް ވެހޭވަރަށްވުރެ މަދު ވާނެކަމަށް ލަފާކުރެވޭ.

މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ފިނިހޫނުމިން އުތުރާއި މެދުރާއްޖެތެރޭގައި ކުޑަ ތަންކޮޅެއް ދަށް ވާނެކަމަށް ބެލެވޭ. ނަމަވެސް ދެކުނުގެ ބައެއް އަތޮޅުތަކުގައި އާންމު މިންގަނޑަށްވުރެ މަތި ވުން އެކަށީގެންވޭ.

(ތަފްސީލު ރިޕޯޓް)