2023 ފެބުވަރީއަށް ލަފާކުރާ މޫސުން

ހޯމަ, 6 ފެބްރުއަރީ 2023

2023 ފެބުރުވަރީގައި ދެކުނު އަތޮޅުތަކަށް ވާރޭ ވެހޭ މިންވަރު، މިދުވަސްވަރަށް އާންމުކޮށް ވެހޭ ވަރަށްވުރެ މަދުވާނެކަމަށް ބެލެވޭ. ނަމަވެސް މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް މިދުވަސްވަރަށް އާންމުކޮށް ވެހޭވަރަށް ވާރޭ ވެހުން އެކަށީގެން ވޭ.

މި ދުވަސްވަރު ދެކުނު އަތޮޅުތަކުގެ ފިނިހޫނުމިން އާންމު މިންގަނޑުގަށް ވުރެ ކުޑަތަންކޮޅެއް މަތިވުން އެކަށީގެންވޭ. ނަމަވެސް މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގެ ފިނިހޫނުމިން އާންމުމިންގަނޑުގައި ހުންނާނެކަމަށް ބެލެވޭ.

(ތަފްސީލު ރިޕޯޓް)