ދުނިޔޭގެ މޫސުމާބެހޭ ދުވަސް 23 މާރިޗް

ބުދަ, 22 މާރިޗު 2023

ކޮންމެ އަހަރަކު މާރިޗް މަހުގެ 23 ވަނަ ދުވަސް ފާހަގަކުރަމުން ދަނީ ދުނިޔޭގެ މޫސުމާއިބެހޭ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރެވެނީ ކޮންމެ އަހަރަކަށްވެސް ކަނޑައެޅޭ ވަކި ޝިޔާރެއްގެ ދަށުންނެވެ. މިއަހަރަށްް ކަނޑައަޅާފައިވާ ޝިޔާރަކީ " ފެނާއި މޫސުމީ ކުރިމަގު ހުރިހާ ޖީލުތަކަށް" އެވެ. މި ޝިޔާރުން އަންގައިދެނީ ފެނާއި މޫސުމުގެ ޤުދުރަތީ ނިޒާމު ކުރީޒަމާންތަކާއި މިހާރު ހުރިގޮތް އަދި އަންނާންއޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމުގެ މުހިންމު ކަމެވެ. ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ތެރޭގައި ކަނޑާއި ވައިގެ ފިނިހޫމިން މަތިވުމުގެ ސަބަބުން ބިމުގެ މަތީފަށަލައިގައި އުފެދިފައިވާ ގަނޑުފެން ވިރެމުންދާ މިންވަރު އިތުރުވުން، ކަނޑުގެ ލޮނުގަނޑު އުފުލުން، ރައްގިރުމާއި ރައްރަށުގެ މީރު ފެންފަށަލަ ލޮނުވުން ފަދަ ކަންތައްތައް ހިމެނެއެވެ. މޫސުމަށް އަންނަމުންދާ މި ބަދަލުތައް ކުޑަކުރުމަށް މިހާރުން މިހާރަށް ފަރުދީ، ޤައުމީ އަދި ދުންޔަވީ ފެންވަރުގައި އެކަށީގެންވާ ފިޔަވަޅު ނާޅައިފިނަމަ ފެނާއި މޫސުމުގެ ޤުދުރަތީ ނިޒާމު އަންނާންއޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްށެއް ނުދެވޭނެއެވެ

އިތުރަށް ވިދާޅުވޭ