2025 ޖުލައި މަހު ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ވާރޭވެހޭނީ އާންމުކޮށް މިދުވަސްވަރު ވާރޭވެހޭ މިންވަރަށްވުރެ މަދުންނެވެ. ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް އާންމުކޮށް ވާރޭ ވެހޭ މިންވަރަށްވުރެ ކުޑަތަންކޮޅެއް އިތުރަށް ވާރޭވެހުމަކީ އެކަށީގެން ވާކަމެކެވެ. ރާއްޖޭގެ ހުރިހައި ސަރަޙައްދެއްގައިވެސް މިދުވަސްވަރު ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރުވެސް، އާންމު މިންވަރަށްވުރެ ކުޑަތަންކޮޅެއް މަތިވާނެ ކަމަށް ނިމުތު ކުރެވެއެވެ.